ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށެވެ.

ވައިއާއި ކަނޑު އާންމު ގޮތެއްގައި މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން ވައިއާއި ކަނޑުތައް ގަދަވާން ފަށާނެ ކަމަށްވެސް ލަފާކުރެވެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު، މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުގައި، މާދަމާ ހެނދުނުން ފެށިގެން މާލެއަށް ވަރަށް ވިއްސާރަ ކުރާނެއެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 16 ވަނަ ނަކަތް، ވިހާ ނަކަތުގެ ހަވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *