ފައިސާ ނެގުމަށްފަހު ޑޮލަރު ނުދިން މީހަކު ޖަލަށް

ފައިސާ ނެގުމަށްފަހު ޑޮލަރު ނުދިން މީހަކު ޖަލަށް

ޑޮލަރު ވިއްކާނެ ކަމަށްބުނެ މީހެއްގެ އަތުން ފައިސާ ހޯދައިގެން ޑޮލަރު ގަތުމަށްފަހު، އެމީހާއަށް ޑޮލަރުވެސް ފައިސާ ވެސް ނުދިން މައްސަލައިގައި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކުރީ، މ.އައްސިދަ މުހައްމަދު ސައީދަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ، ޓެކުމުގެ ކުށުގެ ދައުވާއެކެވެ.

އެ ދައުވާގައި ދައުލަތުން ބުނެފައި ވަނީ 2025 ވަނަ އަހަގެ ސެޕްޓެމްބަރު މަހުގެ އެކި ދުވަސްތަކުގައި މުހައްމަދު ސައީދު، ހުޅުމާލެ ފްލެޓް ނަމްބަރު 10019 މޫސާ ރަޝީދަށް ޑޮލަރު ހޯދައިދެމުންދާ ކަމަށެވެ.

އެގޮތުގެމަތިން ތިނެއް ސެޕްޓެމްބަރު 2025 ވަނަ ދުވަހު މޫސާ ރަޝީދު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށްޓަކައި އެ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން އޭނާގެ ނަމުގައި ބޭންކްއޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 203500 ރުފިޔާ ޖަމާކުރުމުން، އެ ފައިސާއިން ޑޮލަރު ހޯދުމަށްފަހު މޫސާ ރަޝީދު އާ ޑޮލަރު ހަވާލު ނުކޮށް ފައިސާވެސް އަނބުރާ ރައްދުކޮށްދީފައި ނުވާ ކަމަށްޗެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ޓެކުމުގެ ދައުވާގެ އިތުރުން، މޫސާ ރަޝިދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން 203500 ރުފިޔާ މުހައްމަދު ސައީދުގެ އަތުން ނަގައިދިނުމަށްވެސް ދައުލަތުން ދައުވާކޮށްފައިވެއެވެ.

މި ދައުވާއަށް ސައީދު އިންކާރު ކުރިނަ ނަމަވެސް ހެކިންގެ ހެކި ބަހުން އޭނާގެ މައްޗަށް ދައުވަ ސާބިތުވާ ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަދި މި މައްސަލައިގައި އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 203500 ރުފިޔާ އެ ފަރާތައް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ އެ ކުންފުންޏަށް ދިނުމުގެ ގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް މި ފައިސާ ދެއްކުމަށްވެސް ހުކުމްގައި ވަނީ، މުހައްމަދު ސައީދަށް އަންގައިފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *