މީހެއްގެ އަތްދަށުނުވެ، ރިޝްވަތު ނުނަގައި އުޅެވޭވަރުގެ ތަނަވަސްކަން ފަނޑިޔާރުންނަށް ދޭންޖެހޭ: ސަލީމް

މީހެއްގެ އަތްދަށުނުވެ، ރިޝްވަތު ނުނަގައި އުޅެވޭވަރުގެ ތަނަވަސްކަން ފަނޑިޔާރުންނަށް ދޭންޖެހޭ: ސަލީމް

އެއްވެސް މީހެއްގެ އަތްދަށުނުވެ، އެއްވެސް މީހެއްގެ އަތުން ރިޝަވަތު ނުނަގާ ވިޔަފާރިވެރިއެއްގެ އަތްދަށުވެސްނުވެ އުޅެވޭވަރުގެ ތަނަވަސްކަން، ފަނޑިޔާރުންނަށް ހޯދަދޭންޖެހޭކަމަށް ރައްިޔތުންގެ މަޖިލީހުގެ ނާއިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އުއްތަމަ ފަޑިޔާރަށް ބޮޑުކުރި 95،000 ރުފިޔާ އަކީވެސް ކުޑަ މުސާރައެއް ކަމަށެވެ.

ކޯޓުތަކުން ނިންމާ ނިންމުންތައް އެންމެ އިންސާފުވެރި ގޮތުގައި ނިންމުމަށްޓަކައިވެސް އެ ފަރާތްތަކުގެ މުސާރަ ބޮޑު ކުރަންޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނި ހުރިހާ ދިމާއަކުންވެސް ރިޝަވަތާ އެއްޗެހި ދީގެން މައްސަލަތައް ބަދަލުކޮށްލަން ކުރާ މަސައްކަތް، އެމަސައްކަތް އެމީހުންނަށް ނުކޮށް ތިބެވޭނީ އެމީހުންނަށް އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ މިންވަރަށް ފައިސާ ދީގެން، އެހެންނޫން ގޮތެއްގައިނަމަ އަބަދުވެސް މިހާލަތު ކުރިމަތިވާނެ އެންމެ އިންސާފުވެރިކަމާއެކު ޝަރީއަތްތަކެއް ނުހިންގާނެ،"

އާއްމު އުސޫލުން ސަލީމް ވިދާޅުވީ، އުމަރުގެ ފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ މުސާރަފުޅު ހަމަޖެސެވީ ފަސްހާސް ދީނާރަށް ކަމަށާއި، ދެން އިސް މީހަކަށް ނެންގެވި ގާޒީ ކަމަށެވެ. އެގޮތުން އެކަލޭގެ ފާނާ އެއްވަރުގެ މުސާރަފުޅެއް ގާޒީއަށް ދެއްވި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެއްވެސް ނުފޫޒެއްނެތި މައްސަލަތަ ތަކުގެ ހުކުމަށް ވާޒިލްވުމަށް އެކަންކަން ފަނޑީޔާރުންނަށް ކޮށްދޭންޖެހޭ ކަަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *