ކުދިން ފޯނަށް ދެވިހިފާފަތަ؟މީތި ކިޔަލައްޗޭ!

ކުދިން ފޯނަށް ދެވިހިފާފަތަ؟މީތި ކިޔަލައްޗޭ!

ޑިޖިޓަލް ޒަމާނުގައި ކުޑަކުދިން ފޯނާއި ސްކްރީންތަކަށް ދެވިހިފާ މައްސަލައަކީ މުޅި ދުނިޔޭގައާއި ރާއްޖޭގައިވެސް ބެލެނިވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް އޮތް ސައިންޓިފިކް އަދި އަމަލީ ހައްލެއްގެ ގޮތުގައި، އިނގިރޭސިވިލާތުގެ މަޝްހޫރު ނިއުރޯސައިންސް އެޑިއުކޭޓަރ އަދި ޕޭރެންޓިންގ ކޯޗު، ޑރ. ޚުބައިބް ގެ ނިއުރޯ ޕޭރެންޓިންގ ސިސްޓަމް އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ރާއްޖޭގައި ކުރެވިފައިވާ ސަރވޭތަކާއި ސިއްހީ މާހިރުންގެ މަޢުލޫމާތުތަކަށް ބަލާއިރު، އުމުރުން 2 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ކުދިން ދުވާލަކު 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރެއެވެ.

ދިވެހި ކުޑަކުދިންގެ ނަފްސާނީ އަދި ސިކުނޑީގެ ތަރައްގީއަށް މަސައްކަތްކުރާ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގެ ގޭބިސީތަކުގައި ކުދިން ބަސްނޭހުމާއި، ކެއުމަށް ދެކޮޅުހެދުމާއި، ނިދުމުގެ މައްސަލަތައް ކުރިމަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ "ވަގުތީ އުފަލަކަށް" ފޯނު ދިނުމުގެ އާދައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ވާހަކަދެއްކުން ލަސްވުމާއި، ކސަމާލުކަން ދިނުމުގެ ގާބިލުކަން ދަށްވުން ރާއްޖޭގައި އިތުރުވަމުންދާ މައިގަނޑު ސަބަބަކީވެސް މި އެޑިކްޝަންކަމަށް މާހިރުން ވިދާޅުވެއެވެ.

ޑރ. ޚުބައިބް ވިދާޅުވާ ގޮތުގައި، ކުދިން ފޯނު އަތުލުމުން ރުޅިއައިސް ބޮޑާހާކަނީ އެކުދިންގެ ސިކުނޑީގައި އުފެދޭ ޑޯޕަމީން ނުވެފަ ހިތްހަމަޖައްސައިދޭ ހޯމޯން ކުއްލިއަކަށް ދަށްވުމުންނެވެ. ފޯނު ބަލާއިރު ސިކުނޑިން އަވަސް އަވަހަށް ޑޯޕަމީން ދޫކުރެއެވެ. ނަމަވެސް ކުއްލިއަކަށް ފޯނު އަތުލުމުން ސިކުނޑިއަށް "ޝޮކެއް" ލިބި، ކުއްޖާގެ ކިބައިގައި ރުޅިވެރިކަމާއި ހާސްކަން އުފެދެއެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރެވޭނީ ސިކުނޑީގެ އޮނިގަނޑާއި ހޯމޯންތައް މަސައްކަތްކުރާ ގޮތް ދެނެގަނެގެންނެވެ.

ނިއުރޯ ޕޭރެންޓިންގ ނިޒާމުގެ މައިގަނޑު 5 އުސޫލު:

ކުއްލިއަކަށް ފޯނު އަތުނުލުން:
ކުއްޖާ ފޯނު ބަލަން އިންދާ ކުއްލިއަކަށް ފޯނު އަތުލުމުގެ ބަދަލުގައި، ވަގުތު ހަމަވުމުގެ 5 މިނެޓު ކުރިން އަދި 2 މިނެޓު ކުރިން ހަނދާންކޮށްދޭންޖެހެއެވެ. މިއީ ކުއްޖާގެ ސިކުނޑި އެ ބަދަލަށް ތައްޔާރުކޮށްދީ، ކުއްލި ޑޯޕަމީން ކްރޭޝްއަކުން ސަލާމަތްކޮށްދޭ ކަމެކެވެ.

ފޯނަށްވުރެ ރަނގަޅު ކަމެއް ދެއްކުން:
ފޯނު އަތުލުމަށްފަހު ކުއްޖާގެ ހަށިގަނޑު ހަރަކާތްތެރިވާ ފަދަ ކަމެއް (ބޭރަށް ހިނގާލަން ދިއުން، ކުރެހުން، ނުވަތަ ލެގޯ/ކުޅޭބޯޅަ އެތުރުން) ކުރުވަންޖެހެއެވެ. މިއީ ފޯނުން ލިބުނު ޑޯޕަމީންގެ ބަދަލުގައި ފައިދާހުރި ތަބީޢީ ކަމަކުން އެ ހޯމޯން އުފެއްދުމަށް އެހީވެދޭ ކަމެކެވެ.

* ފޯނު މަނާ ވަގުތު ތަކެއް:
ކާގަޑިތަކުގައާއި ނިދުމުގެ 1 ގަޑިއިރު ކުރިން އެއްގޮތަކަށްވެސް ފޯނު ބޭނުންކޮށްގެން ނުވާނެއެވެ. ފޯނުގެ ނޫކުލައިގެ އަލީގެ ސަބަބުން ނިދަން އެހީވާ މެލަޓޮނިން ހޯމޯން އުފެދުން ހުއްޓުވައި، ކުއްޖާގެ ނިދި ހަލާކުކޮށްލައެވެ.
* ބެލެނިވެރިޔާ ނަމޫނާއަކަށް ވުން:
ކުދިން ގާތު ފޯނު ނުބަލާށޭ ބުނެފައި، ބެލެނިވެރިން ކުދިންގެ ކުރިމަތީގައި ފޯނާ ކުޅެން ތިބޭނަމަ ކުއްޖާގެ ސިކުނޑި އެ އަމުރެއް ބަލައެއް ނުގަންނާނެއެވެ. މީ ގިނަ ފަހަރު މިކަން ވާގޮތެއެވެ. ކުދިން އަބަދުވެސް ކޮޕީކުރަނީ ބެލެނިވެރިޔާގެ އަމަލުތަކެވެ.
* ފޫހިވާން ދޫކޮށްލުން:
ކުއްޖާ ފޫހިވެގެން އުޅޭ ކޮންމެ ފަހަރަކު ފޯނު ދިނުން ހުއްޓާލަންޖެހެއެވެ. ފޫހިވުމަކީ ކުއްޖާގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން އާ ކަންތައްތައް އުފެއްދުމަށް އާއި އަމިއްލައަށް ވިސްނުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

ދިވެހި ބެލެނިވެރިންނަށް ގެވެށި މާހައުލުގައި ކުރެވިދާނެ އިތުރު ކަންކަން:

  • އާއިލީ ކުޅިވަރުތައް އިތުރު ކުރުން
  • ހަފްތާއަކު މަދުވެގެން 2-3 ދުވަހު ބޯޑު ގޭމްތައް ( ކެރަމް، ޗެސް، ނުވަތަ އޫނޯ) ކުޅުން.
    ގުދުރަތީ މާހައުލާ ގުޅުވައިދިނުން:
  • ހަވީރު ގަޑީގައި އަތިރިމައްޗަށް ނުވަތަ މައިޒާންތަކަށް ކުދިން ގޮވައިގެން ގޮސް ކުޅެން ފުރުސަތު ދިނުން.
    ފޯނަށް ވަގުތު ކަނޑައެޅުން:
  • ގޭގައި ފޯނު ބޭނުން ކުރެވޭނެ ވަކި "ތާވަލެއް" ހަދައި، ކުއްޖާއާ މަޝްވަރާކޮށްގެން އެ ގަވާއިދަށް އަމަލު ކުރުން.

އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ﷲގެ ހަޟްރަތުގައި މިކަމަށް ދުޢާ ކުރުމެވެ.

ޑރ. ޚުބައިބްގެ މި ސައިންޓިފިކް އިރުޝާދުތަކަކީ މިހާރު މުޅި ދުނިޔޭގެ އެތައް ހާސް މުސްލިމް ބެލެނިވެރިންނެއް ބަލައިގަނެ، އޭގެ ނަތީޖާ ފެންނަމުންދާ ކާމިޔާބު އުސޫލުތަކެކެވެ. އިތުރު މައުލޫމާތު އޭނާގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *