ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ފެއިލްވެއްޖެ ކަމަށް ވިދާޅުވެ ޝާހިދުގެ ބޮޑެތި ފާޑުކިޔުންތަކެއް

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ފެއިލްވެއްޖެ ކަމަށް ވިދާޅުވެ ޝާހިދުގެ ބޮޑެތި ފާޑުކިޔުންތަކެއް

ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަކަށް ބޭނުންވާ އިތުބާރު ހިފޭ ޤަވާޢިދުތަކާއި އުޞޫލުތައް މިހާރު ރާއްޖޭގެ އިޤްތިޞާދުގައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ ފަހުގެ ސިޔާސަތުތައް ފެންނަނީ އެއްވެސް ހަމައެއްނެތި، ދެގޮތެއްނުވެ ހިފެހެއްޓުމެއް ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން އެކަށީގެންވާ މަޝްވަރާއެއް ނެތި ކުއްލިއަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރި ކުރުމާއި، އެއާޕޯޓް ޓެކުހާއި ގްރީން ޓެކްސް ކުއްލިއަކަށް ބޮޑުކުރުމުގެ އިތުރުން، ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަމުގެ ނިޒާމެއް ނެތި ސަބްސިޑީ ކަނޑާލަން ނިންމި ނިންމުން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިފަދަ ނިންމުންތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު އިތުރަށް ފުޅާވެ، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް ބޭނުންވާ ޔޫޒަބަލް ރިޒާވް ދެ ހަފުތާއަށްވުރެ ކުރު މުއްދަތަކަށް ވެއްޓިފައިވާ ކަމަށެވެ. އަދި އިންވެސްޓަރުން ދުވަހަކުވެސް އެއްބަސްނުވާ ފަދަ ޝަރުޠުތަކެއްގެ ދަށުން މަސައްކަތްކުރަން އެފަރާތްތަކަށް މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ނުތަނަވަސް އަދި ބަދަލުވަމުންދާ މާޙައުލެއްގައި އިންވެސްޓަރުންގެ އިތުބާރު ނުހިފެހެއްޓޭނެކަން ފާހަގަކުރައްވަމުން، ޝާހިދު ވަނީ ކުއްލި ކުއްލިއަށް ނެރޭ ޤަރާރުތަކުގެ ބަދަލުގައި، މުއައްސަސާތަކުގެ ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ، މަޝްވަރާގެ އުޞޫލުން އެކުލަވާލެވޭ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ގެންގުޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

މި ހުރިހާ ދާއިރާއަކުންވެސް މި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށް ޝާހިދު ވަނީ ތުހުމަތުކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *