ގަވައިދާ ޚިލާފަށް ގަނެވިއްކަމުންދިޔަ 3.86 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ގަވައިދާ ޚިލާފަށް ގަނެވިއްކަމުންދިޔަ 3.86 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖުމްލަ 3.86 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މިފައިސާތައް އަތުަލއިގަތީ، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއާ ޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި ބަންގްލަދޭޝްގެ 6ހަ މީހެއްގެ އަތުން ކަމަށެވެ.

ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *