ކެނަބިސް ޓްރެފިކް ކުރި މީހަކު 17 އަހަރަށް ޖަލަށް

ކެނަބިސް ޓްރެފިކް ކުރި މީހަކު 17 އަހަރަށް ޖަލަށް

ކެނަބިސް ޓްރެފިކް ކުރި މީހަކު 17 އަހަރުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުުން ހުކުމް ކުރީ ޅ. ހިންނަވަރު ކަފިދޫގެ ހާރޫން ޖައިލަމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން ކުރީ، ހޮޓެލް ޖެން ކައިރީގައި ހުންނަ މަޖީދީމަގު ޕާކިން ޒޯނުގައި ބަހައްޓާފައިހުރި ސައިކަލެއްގެ މަޑި ދަށުގައި މަސްތުވާތަކެތި ރައްކާކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެސަރަހައްދަށް ގޮސް ބެލުމަށްފަހު، އޭނާ ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަަލައި ފާސް ކުރއިިރު، ސައިކަލް މަޑިދަށުން އެކި އެއްޗެއްސަށްލައި އެކި ގޮތްގޮތަށް ޕާރުސަލް ކޮށްފައިވާ ކެނަބިސް ފެނިގެންނެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ވަކި ހިސާބަކުން ދައުލަތާއެކު އޭނާ އިއުތިރާފްގެ އެއްބަސްވުމެއް އެދުމަށްފަހު ކޯޓަށް ހުށަހެޅިއެވެ.

އެހެންކަމުން މި މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނށައަލައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ 17 އަހަރުގެ މުއްދަތަށް ޖަަލަށް ލުމަށެވެ. އޭގެ އިތރުުން  100،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވެސް ހުކުމުގައި އޭނާއަށް ވަނީ އަންގައިފައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *