15 ކޮމިޓީއާއެކު އަސާސީ ގަވާއިދު ޕީއެންސީ ކޮންގްރެސްއިން އެންޑޯޒް ކޮށްފި

15 ކޮމިޓީއާއެކު އަސާސީ ގަވާއިދު ޕީއެންސީ ކޮންގްރެސްއިން އެންޑޯޒް ކޮށްފި

އިތުރު ހަތަރު ހަރަކާތަކާއި އާ 15 ކޮމިޓީއަކާއެކު ވެރިކަން ކުރާ ޕީއެންސީގެ އަސާސީ ގަވާއިދު ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) އިން އެންޑޯޒް ކޮށްފި އެވެ.

ކޮންރެސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނަސް އަސާސީ ގަވާއިދު އެންޑޯޒް ކުރަން އޮތް ސެޝަންގައި، އަސާސީ ގަވާއިދަށް ހުށަހެޅުނު އިސްލާހު ތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން  ޕީއެންސީގެ ސެކްޓަރީޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އެ އިސްލާހުތަަކަކީ ޕާޓީގެ ލީޑަޝިޕުން ބަލައިގެންފައިވާ އިސްލާހު ތަކެއް ކަަމށެވެ.

ދިހަ ޗެޕްޓަރާއި 106 މައްދާގެ މައްޗަށް ހިމެނޭ މި އަސާސީ ގަވާއިދަށް އިސްލާހުގެ ގޮތުގައި އާ ހަތަރު ހަރަކާތަކާއި އާ 15 ކޮމިިޓީއެއް އުފައްދަން ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާ ހަތަރު ހަރަކާތް:

ދީނީ އިލްމުވެރިންގެ މަޖިލިސް

އިސްރަށްވެހިންގެ ހަރަކާތް

އަންހެނުންގެ ހަރަކާތް

ޒުވާނުންގެ ހަރަކާތް

ފަތުހީ ވިދާޅުވީ، މި އިސްލާހު ތަކުގެ ބޭނުމަކީ ޕާޓީގެ މެންބަޝިޕްގެ އަދަދުގެ މައްޗަށް ބިނާކޮށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުން ކަމަށާއި، އަނެއް ކަމަކީ އެކި ދާއިރާތަކަށް އަމާޒު ކޮށްގެން ޕާޓީގެ ހަރަކާތްތައް އުފައްދައި ގައުމަށް ލާބަހުރި މަގުން ޕާޓީ ހިންގުުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޕާޓީގެ އިސް ސަފުން ޕާޓީގެ މެންބަރުންނަށް އޮންނަ ޖާގަ ފުޅާކޮށް މެންބަރުންގެ ޝާމިލްވުން އިތުރު ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެއް ގައި އޮންނާނީ އަސާސީ ގަވާއިދު އެންޑޯޒް ކުރުން ކަމަށެވެ.

ޕާޓީގެ ހަރަކާތްތައް ހިނގުމަށް އުފައްދަން އަސާސީ ގަވާއިދަށް އިތުރުކުރި ކޮމިޓީތައް:ދާހިލީ ކަންކަމާބެހޭ ކޮމިޓީމާލީ ކަންކަމާބެހޭ ކޮމިޓީއިގްތިސަދީ ކަންކަމާބެހޭ ކޮމިޓީފަތުރުވެރިކަމާބެހޭ ކޮމިޓީބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީއާބެހޭ ކޮމިޓީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ކޮމިިޓީގައުމީސަލާމަތާއި ދިފާއި ކަންކަމާބެހޭ ކޮމިޓީސިއްހަތާއި އިޖްތިމާއީ ކަންކަމާބެހޭ ކޮމިޓީމައުލޫމާތު ފެތުރުމާއި މީޑިއާއާބެހޭ ކޮމިޓީސައިންސާއި ޓްކްނޮލޮޖީއާބެހޭ ކޮމިޓީ ގާނޫނީ ކަންކަމާބެހޭ ކޮމިޓީދިވެހި ބަހާއި ތާރީހާއި ސަގާަތާބެހޭ ކޮމިޓީ ތައުލީމާއި ހުނަރުވެރިކަމާބެހޭ ކޮމިޓީ ޒުވާނުންނާ ކުޅިވަރާބެހޭ ކޮމިޓީމި އިސްލާހު ތަކާއެކު ކޮންގްރެސް އިން ޕީއެންސީގެ އަސާސީ ގަވާއިދު އެންޑޯޒްކުރަން ވޯޓަށް އެއްސެވީ އެ ޕާޓީގެ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އެވެ.

މި އިސްލާހު ތަކާއެކު އަސާސީ ގަވާއިދު ފާސްކުރި ކޮންގްރެސްގައި ތިއްބެވި 1064 މެންބަރުންގެ އިއްތިފާގުންނެވެ.

މޫސާ ފަތުހީ ވިދާޅުވީ، މި އިސްލާހު ތަކުގެ ސަބަބުން މުހިއްމު ފަސްކަމެއް ހާސިލްވާނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ ލީޑަޝިޕްގައި ހިމެނޭ އަދަދު އިތުރުވެ ގިންތީގެ އަދި މިންތީގެ ޝާމިލްވުންއިތުރު ވެގެންދާނެ، ދެވަނަ ކަމަކީ ދީނީ އިލްމުވެރިންނާއި އިސް ރަސްވެހިންނާއި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ މެންބަރުންގެ މަޖިލިސް ތެރެއިން ލިބިފައިވާ ފުރުސަތު އިތުރުވުން، ތިންވަނަ ކަމަކީ ހާއްސަ ކޮމިޓީތައް އުފެދުމާއެކު ޕާޓިގެ ހަރަކާތް ފުޅާވެގެންދިއުން ހަތަރުވަނަ ކަމަކީ ޕާޓީގެ ގުނަންތަކުގެ ހަރަކާތްތެރިކަން އިތުރުވެގެންދިއުން ފަސްވަނަ ކަމަކީ ދާއިރާގެ ރައީސްއާއި ނާއިބު ރައީސްގެ ދައުރާ ސްޓިއަރިން ކޮމިޓީގެ ދައުރު އަސާސީ ގަވާއިދުގައި ހިމެނިގެންދިއުން،" ފަތުހީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *