އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން އާއްމުކޮށް ހުޅުވާލައިފި

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން އާއްމުކޮށް ހުޅުވާލައިފި

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން އާއްމުކޮށް ހުޅުވާލައިފިއެވެ.

އެމްޑީޕީހެ ކޮންރެސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓުބަރު މަހުގެ އެކަކުން ތިނަކަށެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެޕާޓީގެ ކޮންގްރެސް އަށް ހުށަހަޅަންބޭނުންވާ އިސްލާހްތައް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ލިބިފައިވާ އިސްލާހްތައް އާއްމު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ އިތުރުން އެ ޕާޓީގެ ބޮޑު ބަދަލުގެ ސިޔާސަތު ކަރުދާހަށާއި ލާމަރުކަޒީ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން އާއްމުކޮށް ހިޔާލު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.  އަދި މި އިސްލާހްތަކަށް އިސްލާހް ހުށަހަޅަންބޭނުންވާ ފަރާތްތަކަށް އެފުރުސަތު 20 ސެޕްޓެމްބަރ 2026 ދުވަހުހެ މެންދުރު 12:00 އަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކަންތަަކަށް ހިޔާލު ހުށަހަޅަން ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ.

އެހެންކަމުން އެ ކަރުދާސްތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލާފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *