އާއިލާ ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 20 އަހަރަށް ޖަލަށް

އާއިލާ ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 20 އަހަރަށް ޖަލަށް

އަމިއްލަ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 20 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކުރީ، ހުސައިން ޝިރުވާން ކިޔާ މީހަކަށެވެ.

މި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުސައިން ޝިރުވާން ކުށްވެރިވެއްޖެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަަލަށްލާން ހުކުމްކުރީ، އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެ ކުރަނީ ކުށެއް ކަމަށެވެ. (ށ) ގައި ބުނަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *