ކެނަބިސް ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ހުކުމްކޮށްފި

ކެނަބިސް ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ހުކުމްކޮށްފި

ކެނަބިސް ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ، ގދ. ވާދޫ އަސްރަފީގެ މުހައްމަދު ޝަރީފްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ،  އިތުރު ބަޔަކާ ގުޅިގެން މުހައްމަދު ޝަރީފް ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު،

ފުލުހުންނަށް ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން މުހައްމަދު ޝަރީފް އާއި އިތުރު މީހަކު ހައްޔަރުކޮށް އެ މީހުންގެ ހާޒިރުގައި އެމީހުން އުޅޭ އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސް ކުުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ކެނަބިސް ފެނިގެންނެވެ.

އެ މައްސަލައިގައި ކޯޓަށް ހުށަހެޅި ކެހިތަކަށް ބެލުމަށްފަހު، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން މުހައްމަދު ޝަރީފް ކުށްވެރިވެއްޖެ ކަަމަށް ކަނޑައަޅައި، 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. ހަމަ އެއާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، އެ ފައިސާ 12 މަސްދުވަހުގެ ތެރޭހައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ހުކުމުގައި އޭނާއަށް އެންގިއެވެ.

މި މައްސަލައިގައި އޭނާއަށް ހުކުމް ކުުރމުގެ ކުރިން އެއް އަހަރާއި ފަސް މަހާއި އަށް ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައި ވާތީ އެ ބައި އޭނާގެ ޖަލު އަދަބުން އުނިކޮށް އޭނާ ތަންފީޒު ކުރަންޖެހޭނީ 23 އަހަރާއި ހަ މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަމަށްވެސް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *