ޖިންސީ ގޯނާގެ މައްސަލައިގައި އުޒައިރު އެޗްޑީސީން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި

ޖިންސީ ގޯނާގެ މައްސަލައިގައި އުޒައިރު އެޗްޑީސީން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި

މުވައްޒިފަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މއ. ގާމާދޫ މުހައްމަދު އުޒައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކިކުރީ ރަނގަޅަށް ކަަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައަކީ، އެޗްޑީސީގެ ސެކިއުރިޓީ އެސިސްޓެންޓެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ހަގީގަތާ ހިލާފަށް ފަޒީފާއާބެހޭ ގާނޫނާހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އެހެންކަމުން މި މައްސަލައިގައި އުސައިރު އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ފެންވަރުގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، އޭނާއަށް ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމަށެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން އެޗްޑީސީން ބުނެފައި ވަނީ އުޒައިރު އަކީ، އެއް އަހަރު ދުވަހުގެ ކޮންތްރެކްޓެއްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާ ވަކިކުރީ އަންހެން މުވައްޒިފަކަށް ޖިންސީ ފުރައްސާރަ އާއި ގޯނަކުރިކަމަށް ކުރެވުނު ތުހުމަތަކާ ގުޅިގެން، އެ މައްސަލަ އެތަނުގެ ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީން މައްސަލަ ތަހުގީގުކުރުމުން އެކަން ކޮޮމިޓީއަށް ސާބިތުވާތީ ކަމަަށެވެ.

އެހެންކަމުން އެޗްޑީސީން އެދުނީ ސެކިއުރިޓީ އެސިސްޓަންޓްގެ މަގާމުން އުޒައިރު ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިވާތީ، އޭނާ އެދިފައިވާފަދަ އެއްވެސް ފަރުވާއެއް ނަގައިދޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހެކިން ހުށަހަޅަން ދިން ފުރުސަތުގައި، އެޗްޑީސީން ހަތަރުމީހުން ހެކިންގެ ގޮތުގައި ހުށަހެޅި ނަމަވެސް އުޒައިރުގެ ފަރާތުން ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައިގައި ހެކިންގެ ހެކި ބަހާއި ދެފަރާތުން ދެއްކި ވާހަކަތަކާއި، ހުށަހެޅި ހުށަހެޅުންތަކަށް ބަލައި، ޓްރައިބިއުންލުން ނިންމީ، އުޒައިރު ވަޒީފާއިން ވަކިކޮށްފައި ވަނީ، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުުމުގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *