ކެމްޕޭން ދަތުރުފުޅެއްގައި ޝާހިދު މާދަމާ ކުޅުދުއްފުއްޓަށް

ކެމްޕޭން ދަތުރުފުޅެއްގައި ޝާހިދު މާދަމާ ކުޅުދުއްފުއްޓަށް

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައި، އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މާދަމާގެ ވަގުތެއްގައި ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ 8:30 ގައި އެމަނިކުފާނު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިއީ 2028 ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށްފަހު، އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށި ސިޓީގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި، ޕްރައިމަރީގެ ތާއީދު ހޯއްދެވުމާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.

ކުޅުދުއްފުށި ސިޓީއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އަބަދުވެސް އިސް ދައުރެއް އަދާކުރާ ސިޓީއަކަށް ވާއިރު، މި ދަތުރުފުޅުގައި އެ ސިޓީގެ ޕާޓީ މެންބަރުންނާއި އިސް ފަރާތްތަކާއެކު ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *