ރަށުގެ ތަރައްޤީއަށް ސިޔާސީ ފިކުރު އެއްކައިރިކޮށް ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ

ރަށުގެ ތަރައްޤީއަށް ސިޔާސީ ފިކުރު އެއްކައިރިކޮށް ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަކީ ރަށްރަށާއި ސިޓީތަކުގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. ސަރުކާރުން ރަށްރަށުގެ ކުރިއެރުމަށް ހިންގާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ޖާގަ ތަނަވަސްކޮށްދީ، ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ މައިގަނޑު އެއް ޒިންމާއެވެ.

އިންތިޚާބުވާ ކައުންސިލްތަކުގައި ސަރުކާރާ ޚިޔާލު ތަފާތު ސިޔާސީ ފިކުރުގެ މެންބަރުން ތިބި ނަމަވެސް، މަސައްކަތް ކުރަންވާނީ ސިޔާސީ ކަންކަން އެއްކައިރިކޮށް ރައްޔިތުންނާއި ރަށުގެ ލާބައަށް އިސްކަންދީގެންނެވެ. ގިނަ ކައުންސިލްތަކުން ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިމާއި އެހީތެރިކަން ދެމުންދިޔަ ނަމަވެސް، މަދު ކައުންސިލަކުން ސިޔާސީ މަޤްޞަދުތައް އިސްކޮށް، މަޝްރޫޢުތަކަށް ބިން ނުދީ ހުރަސްއަޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެނީ ސަރުކާރަށްވުރެ ބޮޑަށް އެ ރަށެއްގެ ރައްޔިތުންނަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ވަނީ ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް، ވަޒީރުންގެ މަޖިލީހުގެ ނިންމުމާއެކު ދައުލަތަށް ނެގޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫޢުތަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މިހާރު ޤާނޫނު އޮތްގޮތުން ކައުންސިލުން ރުހުން ނުދޭނަމަ އެއްވެސް މަޝްރޫޢަކަށް ބިން ހޯދުމަށް ސަރުކާރަށް ދަތިތަކާ ކުރިމަތިވެ، މަޝްރޫޢުތައް ހުއްޓުމަކަށް އާދެއެވެ. އެހެންކަމުން އަލަށް ހުށަހެޅުނު އިސްލާހަކީ މަޝްރޫޢުތަކުގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ މުހިންމު ބަދަލެއް ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *