ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓުނީ އެ ފޮޓޯއަށް ގެނެސްފައިވާ ކުޑަ ބަދަލަށެވެ. ބައެއް ފޭނުން ބުނާ ގޮތުގައި އެޑިޓްކޮށްފައިވާ ގޮތުން ފޮޓޯގެ އަސްލު މަންޒަރާއި މާނައަށް ބަދަލުތަކެއް އައިސްފައިވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި ސަޕޯޓަރުން އަންނަނީ ތަފާތު ޚިޔާލުތައް ފާޅުކުރަމުންނެވެ. ބައެއް ސަޕޯޓަރުން ބުނަނީ މީޑިއާގެ ސަމާލުކަން ހޯދުމަށް ނުވަތަ މާކެޓިންގއަށްޓަކައި މިފަދަ ކުދިކުދި ބަދަލުތައް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
އަނެއްބައި މީހުން މިކަން ނަގާފައިވަނީ މަޖާ ކަމެއްގެ ގޮތުގައެވެ. އަދި އެކަމާ ގުޅުވައިގެން ތަފާތު މީމްތައް ވެސް ވަނީ އުފައްދާފައެވެ. ފުޓްބޯޅައިގެ ބޮޑެތި ޚަބަރުތަކުގެ އިތުރުން، ކުޅުންތެރިންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކުދިކުދި ތަފްސީލުތަކަކީވެސް ފޭނުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބޭ ކަންކަންކަން މި ބަހުސުން އަނެއްކާވެސް ސާބިތުވެގެންދެއެވެ.
ފުޓްބޯޅަ ދުނިޔޭގައި ރޮނާލްޑޯއާއި ޖޯޖީނާގެ ކޮންމެ ޙަރަކާތަކީވެސް އެތައް މިލިއަން ފޭނުންގެ ސަމާލުކަން ހުއްޓޭ ކަމަކަށްވާއިރު، އީއެސްޕީއެންގެ މި ޕޯސްޓުން ސާބިތުވަނީ އެންމެ ކުޑަ ތަފްސީލަކުންވެސް ސޯޝަލް މީޑިއާގައި ބޮޑު ހަލަބޮލިކަމެއް އުފެއްދިދާނެ ކަމެވެ.






