އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫގައި

އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫގައި

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޖަލްސާއެއް މިރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ ޕާޓީގެ ރައީސް ޝާހިދު ވަނީ، އައްޑޫ ސިޓީގައި މިރޭ ބާއްވާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ. މި ޖަލްސާއަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށާއި، ރައްޔިތުންނާ ގާތުން ބައްދަލުކޮށް ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

https://x.com/abdulla_shahid/status/2088157774379409733?s=46

އެމްޑީޕީގެ ލީޑަޝިޕުން އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އައްޑޫ ސިޓީގައި ބާއްވާ މި ޖަލްސާގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުންނާއި ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ވާހަކަތަކެއް ދެކެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

މިރޭގެ ޖަލްސާއަށް ހިތަދޫގެ އިތުރުން އައްޑޫ ސިޓީގެ އެކި އަވަށްތަކުން އެމްޑީޕީގެ ސަޕޯޓަރުން ޖަމާވާނެ ކަމަށް އެ ޕާޓީން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *