މަޖިލީހުގެ ދެވަނަ ދައުރު މި މަހުގެ 20 ވަނަ ދުވަހަށް ދަންމާލަނީ

މަޖިލީހުގެ ދެވަނަ ދައުރު މި މަހުގެ 20 ވަނަ ދުވަހަށް ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގެ، މިހިނގާ މި އަހަރުގެ ދެވަނަ ދައުރު މި މަހުގެ 20 އަށް އިތުރު ކުރަން ނިންމަފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށް ދާނީ، ޖޫން މަހުގެ 1 ން ފެށިގެން މި ހިނގާ އޯގަސްޓް މަހުގެ 15 ގެ ނިޔަަލަށް ކަމަށެވެ. ނަަމަވެސް މަޖިލީހުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުކުމުން މިމަހު 20 ވަނަ ދުވަހަށް ދައުރު ދަންމާނަލް މިއަދު ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް، ބެހިގެން ވާނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ 3 ވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.

އެގޮތުން މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަކަ ދައުރުވެސް ކުރިއަށް ގެންދިޔަރީ މެއި މަހުގެ 31 ހުގެ ނިޔަލަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *