13 ވަނަ ދުވަހުގެ އެމްޑީޕީގެ މުޒާހަރާ: ބާރުބޮޑު ގަޑިތަކުގައި މަޖީދީ މަގުގައި މުޒާހަރާ ކުރަން ހުއްދަ ނުދޭނަން

13 ވަނަ ދުވަހުގެ އެމްޑީޕީގެ މުޒާހަރާ: ބާރުބޮޑު ގަޑިތަކުގައި މަޖީދީ މަގުގައި މުޒާހަރާ ކުރަން ހުއްދަ ނުދޭނަން

މާލޭގެ މައި މަގުގެ ގޮތުގައި ބެލެވޭ، މަޖިދީގަމުގެ އެންމެ ކާރޫބާރޫ ބޮޑު ގަޑީގައި މުޒާހަރާ ކުރަން ހުއްދަ ނުދެއްވާނެ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިމަހު 13 ވަނަ ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ އާންމުންނާއި ސިޔާސީ މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

ނަމަވެސް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދު ކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށާއި، މަޖިދީމަގު ބްލޮކްކޮށް، ސިޔާސީ ހަރަކާތެއް ހިންގުމަށް ފުރުސަތު ދޭއިރު، އާންމު ގޮތެއްގައި އެއީ ކޮން ގަޑިއެއްގައި އަދި ކޮން ދުވަހަކު ބާއްވާ ހަރަކާތެއްތޯ ބަލައި، އެވަގުތަކީ އެކަމަށް ހުއްދަ ދެވޭ ފަދަ ވަގުތެއްތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަގު ބަންދު ކޮށްގެން މާލޭގެ އެހެން ތަންތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް އަސަރު ނުކުރާ ނަމަ، އެ ފުރުސަތު މީގެކުރިންވެސް ދީފައިވާ ކަމަށެވެ.

ނަމަވެސް މިފަހަރު މަޖީދީމަގުގައި އެމްޑީޕީން މުޒާހަރާ ބާއްވަން އެދިފައިވަނީ ހުކުރު ދުވަހެއްގެ ރޭގަނޑުގެ ވަގުތުގައި ކަމަށާއި އެ ވަގުތަކީ ކާރޫބާރޫ ބޮޑު ވަގުތެއް ކަމަށްވާތީ އެވަގުތުގައި ހުއްދަ ދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެނގިވަޑަިއގަންނަވާނެ މާލޭގެ މަގުތައް ފުޅާކޮށްފަ ތިބޭފުޅުންނަށް މުޒާހަރާ މިހާރު ފުޅާލެންތުގައިވެސް ކުރެވޭނެ، މިހާރު ނިކުންނަ އަދަދުތަަކަށް ބަލާއިރު މަގުގައި ހުރަހައް ތިއްބަވައިގެންވެސް މުޒާހަރާ ކުރެވޭވަރަށް ބޭރު މަގުވެސް އެއޮތީ ފުޅާ ކުރެވިފައި،" އިހްސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *