ކޮރަޕްޝަން ކުރިއަށް ދަނީ ތަންފީޒީ އިދާރާ ތަކުން ކަންކުރާ ގޮތުން: ނާޒިމް

ކޮރަޕްޝަން ކުރިއަށް ދަނީ ތަންފީޒީ އިދާރާ ތަކުން ކަންކުރާ ގޮތުން: ނާޒިމް

ކޮރަޕްޝަން ކުރިއަށްދަނީ ތަންފީޒީ އިދާރާތަކުން ކަންކުރާ ގޮތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، ފެނަކައިގައި ކަންކަން ހިނގައިދިޔަ ގޮތާއި ކޮރަޕްޝަން ހިނގިގޮތް، އެ އޮޑިޓް ރިޕޯޓުގައި އޮޑިޓާރ ޖެނެރަލް ވަރަށް ރަނގަޅަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ރިޕޯޓް ނެރުނުތާ އަހަރަކަށްވުރެ ގިނަދުވަސް ވީއިރުވެސް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ ހިދުމަތަށް ކަމެއް ނުކުރެޥޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ އޭސީސީގެ ދައުރު އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިމޭނެ، އަޅުގަނޑު އެ ކޮމިޝަންގެ ފަސް މެންބަރުންނަށް ދަންވާލާ ހިއްވޭ އެބޭފުޅުން އަމިއްލައަށް ވިދާޅުވެ ދެއްވަފާނަންތޯއޭ އެބޭފުުޅުން، މިދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތަށްފަހު ނިކުމެ ރައްޔިތުން ކުރިމަތީގައި އިސް އުފުލާލައިގެން މަގުމަތީގައި ހިނގާ ލެވޭވާރުގެ ހިދުމަތެއް ކޮރަޕްޝަނާ ދެކޮޅަށް ދެވިއްޖެ ކަމަށް،" ނާޒިމް ވިދާޅުވިއެވެ،

ނާޒިމް ވިދާޅުވީ އެންމެ ފަރާތަކަށް ފިޔަވަޅު އެޅޭނެ، ކުދިކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ހިޔާނާތްތައް އެ އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަަމަށެވެ.

"މިސާލަކަށް އެއްްޗެއްހި އޯޑަރުކުރިތާ ތިން ދުވަސް ތެރެގައި މުދާ ހިފައިގެން ބޯޓު ރާއްޖެ އައިސް ބަނދަރަށް ވަދެފަ އެބަހުރި، އެބަ އޮތް ފަސް ޕާޗޭސް އޯޑަރެއްގެ ވާހަކަ ބުނެފަ އެބައޮތް، އެއީ 21 ވަނަ ދުވަހު ޕާޗޭސް އޯޑަރު ދިނީ 24 ވަނަ ދުވަހު ބޯޓު ވަނީ، އެހެންވީމަ މިހިރީ ދުރާލާ ރާވައިގެން ކޮށްފަހުރި ސިދާ ފެންނަން ހުރި ވަންކަންތައް ފިޔަވަޅު އަޅަން އުނދަގޫ ކަންތައްތަކެއް ނޫންމީ،" ނާޒިމް ވިދާޅުވިއެވެ،

ނަމަވެސް ނާޒިމް ވިދާޅުވީ، އެކަންތައްތަކަށް އަދިވެސް ފިޔަަވަޅު އަޅާފައި ނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *