އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން މިިނިސްޓަރު ސައީދަށް 1 ގަޑިއިރު

އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން މިިނިސްޓަރު ސައީދަށް 1 ގަޑިއިރު

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށްް މަޖިިސް ތަޅުމުގައި ޖަވާބުދާރީވާން އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

އާއްމު ކޮމިޓީއަކީ މަޖިލީހުގެ އިޖުރާއީ ކަންތައްތައް ކަނޑައަޅާ ކޮމިޓީއެވެ. އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، މައްސަލައަށް ޖަވާބުދާރީވާން އެއްގަޑިއިރުގެ ފުރުސަތު މިނިސްޓަރު ސައީީދަށްދޭޭން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ އެވެ.

އެ މައްސަލައިގައި ބަހުސް ކުރަން މެންބަރުންނަށްވެސް 1 ގަޑިއިރު ދޭން މެންބަރު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގައި އަމަލު ކުރަމުން އަންނަނީ ބިލެއް ނުވަތަ މައްސަލައަކަށް ބަހުސް ކުރަން ކަނޑައަޅާ ވަގުތު، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކަށް، މެންބަރުން ތިބި އަދަދަށް ބަލައިގެން ދިނުމާ އެކު މިނިވަން މެންބަރުންނަށްވެސް ވަކި ވަރަކަށް ވަގުތު ދޭ އުސޫލަކަށެވެ.

މިނިސްޓަރު ސައީދުގެ އތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ސޮޔާއެކުއެވެ.

މި މަހުގެ އެއްވަނަ ދުވަހު މިނިސްޓަރުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން ގަރާރުގައި ވަނީ ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *