ހޯރަފުށީ ކައުންސިލް ރައީސް ސަސްޕެންޑްކުރި މައްސަަލަ ހާޒިރު ނުވުމުން ބާތިލް

ހޯރަފުށީ ކައުންސިލް ރައީސް ސަސްޕެންޑްކުރި މައްސަަލަ ހާޒިރު ނުވުމުން ބާތިލް

ހއ. ހޯރަފުށި ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ އޭނާ ހާޒިރު ނުވެގެން ބާތިލްކޮށްފިއެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވަހީދު ސަސްޕެންޑް ކުރީ، ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ އެ ކައުންސިލާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅޭ އަށް މައްސަލައެއް ބެލުމަށްފަހުގައެވެ.

ވަހީދަށް ފިޔަވަޅު އެޅީ އެ ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ބޭފުޅަކީ ކައުންސިލުގެ ރައީސް ކަމަށް ވާތީ ކަމަށް އެލްޖީއޭއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ މައްސަލަ ވަހީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ، އެލްޖީއޭއިން އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ.

އެ ދައުވާއާ ގުޅިގެން ދައުލަތުން ޝަރީއަތަށް ދިފާއު ހުށަހެޅިއެވެ. ނަމަވެސް، އޭގެ ރައްދު ހުށަހަޅަން ވަހީދަށް ފުރުސަތު ދިނުމުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި، ޝަރީއަތް ފަށަން އަޑުއެހުން ތާވަލުކޮށް އެކަން ވަހީދަށް އަންގައި، އެ އަޑުއެހުމުގެ ލިންކް ފޮނުވައި ގަޑި ފާއިތުވެގެން ދިޔައިރު ވެސް ދައުވާ ހުށަހެޅި، ވަހީދު އަޑުއެހުމުގައި ބައިވެރިވެފައެއްނުވިއވެ. އަދި ކޯޓަށް ހާޒިރު ނުވެވޭވަރުގެ މަގުބޫލު ސަބަބެއްވެސް އަންގައިފައެއްނުވެއެވެ.

އެހެންކަމުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުވެފައިނުވާތީ މައްސަލައިގެ ދައުވާ ފޯމް ބާތިލް ކުރަން، މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ނިންމެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *