އެއް އަހަރު ތެރޭގައި އެތައް ފަހަރަކު އުމްރާކުރެވޭގޮތަށް ހާއްސަ ވިސާއެއް ތައާރަފްކޮށްފި

އެއް އަހަރު ތެރޭގައި އެތައް ފަހަރަކު އުމްރާކުރެވޭގޮތަށް ހާއްސަ ވިސާއެއް ތައާރަފްކޮށްފި

އެއް އަހަރު ތެރޭގައި އެތައް ފަހަރަކު އުމްރާވެވޭގޮތަށް ހާއްސަ ވިސާއެއް ސައުދީ އަރަބިއްޔާއިން ތައާރަފްކޮށްފިއެވެ.

ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ އެ ވިސާގެ ދަށުން އެއް އަހަރަށް އެތަަކެއް ފަހަރަކު އުމްރާ ކުރެވޭއިރު ގިނަވެގެން ސައުދީގައި 90ދުވަސްވަންދެން ތިބެވޭނެ ކަމަށެވެ.

މިއީ ސައުދިގެ 2030އަށް ކަނޑައަޅާފައިވާ ވިޝަންގެ ދަށުން ހިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ފަަހަކަށް އައިސް އުމްރާއަށް ދާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

އެގޮތުން މި ޗުއްޓީ ބަންދުގައި  އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު ހަތަރު ހާހަށް ވުރެ ގިނައެވެ.

މި ފަހަރު އަލަށް ރާއްޖޭގެ ތާރިހުގައި ވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތަކެއް ކޮށްފައެވެ. އެ ދަތުރުތައް ކުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ 330މަރުކާގެ ބޯޓެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *