މީހެއްގެ ވަޒީފާ ގެއްލުމަށްވުުރެ މުުޅި ޤައުުމު ގެއްލި ހަލާކުުވުުމުުން ލިބޭ ގެއްލުުން މާ ބޮޑުުވާނެ ކަމަށް ރައްޔިތުުންގެ މަޖިލީހުުގެ ނައިބު ރައީސް، އޭދަފުުށި ދާއިރާގެ މެމްބަރ، އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުުވީ، ސަރުުކާރު ކުުންފުނިތަކުުން ސިޔާސީ ގޮތުން ވަޒީފާތަކުން ވަކިކުުރަމުުންދާ ކަމަށް ވިދާޅުުވެ، ކެންދޫ ދާއިރާ މެމްބަރ، މަޢުުރޫފް ޒާކިރު ހުށަހެޅުުއްވި ގަރާރަށް ބަހުުސްކުުރެއްވުުމުންނެވެ.
ސަލީމް ވިދާޅުުވީ ރާއްޖޭގެ ހުުރިހާ ރައްޔިތުުން ތިބީ ވަޒީފާގައި ނޫންކަމަށާއި، ވަޒީފާގައި ނެތް ފަރާތްތަކުުގެ ހައްގުުތައްވެސް ސަރުުކާރުުން ހިމާޔަތްކޮށްދޭންޖެހޭ ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުުތަކާ ގުުޅުުންހުުރި ކަންތައްތައް ހޯމްލޭންޑް ސެކިއުުރިޓީ މިނިސްޓްރީ އާ ހަވާލުުކުުރުުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށްވެސް ވިދާޅުުވިއެވެ.
ވޭތުވެދިޔަ ސަރުުކާރުުތަކުގައިވެސް ކުުންފުުނިތަކަށް ބޭނުންވާ ވަރަށް ވުުރެ ގިނައިން ވަޒީފާ ދީ، ކުުންފުނިތައް ނުުހިންގޭ ހިސާބަށް ގޮސްފައިވާ ކަމަށް ސަލީމް ފާހަގަ ކުުރެއްވިއެވެ. ދުުނިޔޭގެ ކުުރިއަރާފައިވާ ޤައުުމުުތަކުުންވެސް ހަރަދު ކުުޑަ ކުުރުުމަށް ކުުންފުުނިތަކުުން މުުވައްޒަފުުން މަދުުކުުރި ކަމަށާއި، ބައެއް ޤައުުމުުތަކުުގައި ގަދިއިރުތަކަށް ކަރަންޓް ވެސް ކަނޑާލިކަމަށް ސަލީމް ވިދާޅުުވިއެވެ.
ދައުުލަތެއް ދެމެހެއްޓުުމަށް، ވަގުތާ ހާލަތަށް ބަލައި ހަރުުދަނާ ފިޔަވަޅުުތަކެއް ރައީސުުލްޖުުމްހޫރިއްޔާ ގެ މައްޗަށް ލާޒިމްވާ ކަމަށްވެސް ސަލީމް ތަކްރާރުުކުުރެއްވިއެވެ. ކޮރަޕްޝަން މުުޅިން ނައްތާ ނުލެވި ދިއްކަމުގައިވިޔަސް، ހަރުުކަށި ފިޔަވަޅުުތަކެއް އަޅުުއްވައިގެން ކޮންޓްރޯލް ކުުރެވޭނެ ކަމަށްވެސް ވިދާޅުުވިއެވެ.






