ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ ގައުމީ ޓީމުން ވަނީ ރަސްމީ ހޯމް ކިޓުގެ ބަދަލުގައި ގަދަ ނޫކުލައިގެ އަވޭ ކިޓު ބޭނުން ކުރުމުގެ ހުއްދައަށް ފީފާގައި އެދިފައެވެ.
މި ނިންމުމުގެ ފަހަތުގައި ވަނީ ދެ ގައުުމުުގެ ފުުޓްބޯޅަ ތާރީޚާއި ގުުޅިފައިވާ ހާއްސަ ސަބަބެކެވެ. ވޯލްޑް ކަޕްގެ ނޮކްއައުުޓް ބުުރުތަކުގައި، އާޖެންޓީނާ، އިންގްލެންޑް ބަލިކޮށްފައިވާ ދެ ފަހަރު ވެސް ބޭނުން ކޮށްފައިވަނީ ހަމަ މި ނޫ ކިޓެވެ.
1986 ވަނަ އަހަރުުގެ ވޯލްޑް ކަޕް ކުުއާޓާ ފައިނަލުުގައި ގަދަ ނޫ ކިޓުުގައި ނުުކުުމެ، ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ލަނޑާ "ގޯލް އޮފް ދަ ސެންޗަރީ" ފެނިގެންދިޔަ ތާރީހީ މެޗުުގައި 2-1 ިން އިންގްލެންޑް ބަލިވިއެވެ. 1998 ވަނަ އަހަރު ގަދަ 16 ގެ ބުުރުގައި ވެސް ހަމަ ނޫ ކިޓުުގައި ނުުކުުމެ ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ކަޓުވާލިއެވެ.
ނަމަވެސް 2002 ވަނަ އަހަރު ހޯމް ކިޓުުގައި ނުުކުުތްއިރު، 1-0 އިން ބަލިވި ހަނދާންވެސް ސަޕޯޓަރުުންގެ ހިތުން ފިލާ ނުުދެއެވެ. ފީފާ ގަވާއިދުުގެ ދަށުުން، ދެ ޓީމުުގެ ކިޓް ތަފާތުވުުން ލާޒިމްވާ ކަމަށްވާއިރު، އިންގްލެންޑްގެ ހުުދު ކިޓާ ތަފާތު ކުުރުމަށްވެސް ނޫ ކިޓު ބޭނުން ކުުރުުމަކީ ގަވާއިދާވެސް ފުުރިހަމައަށް ފެތޭ ކަމެކެވެ.
އާޖެންޓީނާ ސަޕޯޓަރުުންނާ ކުުޅުުންތެރިން ގަބޫލުުކުުރާ ގޮތުގައި، ތާރީހީ ތަކުުރާރުުވުުންތަކާ "ނަސީބު" ގެ ކޮޅަށް ލެބުުވުުމަށް، ހޯމް ކިޓުުގެ ބަދަލުުގައި ނޫ ކިޓު ބޭނުުން ކުުރުުމަކީ ވޯލްޑް ކަޕް ފައިނަލަށް ދިއުުމަށް ކުުރެވޭ އެންމެ ހިކްމަތްތެރި ހިޔާރެވެ.






