އަމްރިތާއަށް ބަލި މީހުން ފޮނުވުން މެދުކަނޑާލައިފި، އަލުން ފޮނުވަން ފެށޭނެ ދުވަހެއް ނޭނގެ

އަމްރިތާއަށް ބަލި މީހުން ފޮނުވުން މެދުކަނޑާލައިފި، އަލުން ފޮނުވަން ފެށޭނެ ދުވަހެއް ނޭނގެ

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ގޮސް އުޅޭ، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ހޮސްޕިޓަލަށް ބަލި މީހުން ފޮނުވުން މެދުކަނޑާލައިފި އެވެ.

އަމްރިތާއަށް ބަލި މީހުން ފޮނުވުން މެދުކަނޑާލީ، އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

އެކަމާއި ގުޅިގެން އާސަންދަ ކުންފުނިން ބުނީ، އަމްރިތާ އާއެކު އެއްބަސްވުން އާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއްބަސްވުން މެދުކަނޑާލި ނަމަވެސް މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ދިވެހިންނަށް އޮންނަ އުސޫލުގެ ތެރެއިން އާސަންދައިގެ ހިދުމަތް ލިބެމުންދާނެ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ބަލިމީހުން އަލުން ފޮނުވަން ފެށޭނީ ކިހާ ދުވަހަކުން ކަމެއް އާސަންދައަކުން ނުބުނެ އެވެ.

އާސަންދައިގެ ދަށުން އެންމެ ބޮޑު ހޭދައެއް ހިނގަނީ އަވައްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އެގޮތުން އެންމެބޮޑު ހޭދައެއް ހިނގާ އެއް ހޮސްޕިޓަލަކީވެސް އަމްރިތާ ހޮސްޕިޓަލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *