ހުޅުމާލޭގައި ގާއިމް ކުރަން ރައީސް ޑ. މުހައްމަދު މުއިއްޒު ވައުދު ވެ ވަޑައިގެންނެވި ކަންނެލި މަންދުކުރާ ފެކްޓްރީ ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓާ އޮފް ފިޝަރީޒ،ް އެގްރިކަލްޗާ އެންޑް އޯޝަންރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި 100 މެކްޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުހާނާއެއް ގާއިމް ކުރުމަށް ހަވާލުކުރީ މިދިޔަ ހަފްތާގައި ކަމަށެވެ.
"ކަންނެލި މަސްވެރިންނަށް ހައްލު ހޯދަން ގާއިމްކުރާ ފެކްޓްރީއެއްމީ، އެ ފެކްޓްރީގެ އެބައި ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފެކްޓްރީގެ މަސައްކަތަކީ، ކަންނެލި މަސްވެރިން ސަރުކާރުގައި އެދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެމުހިއްމު އެ ކަންތައް ކަމަށެވެ.
ހުޅުމާލޭގައި ސަރުކާރުން ބޮޑުކަންނެލި ފެކްޓްރީއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ، 2025 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.





