ފްލެޓާއި ގޯތި ދޭނަމޭ ބުންޏަސް މީހަކަށް ފައިސާ ނުދޭތި، ގޯއްޗެއް، ފްލެޓެއްވެސް ނުލިބޭނެ: މުއްތޮލިބު

ފްލެޓާއި ގޯތި ދޭނަމޭ ބުންޏަސް މީހަކަށް ފައިސާ ނުދޭތި، ގޯއްޗެއް، ފްލެޓެއްވެސް ނުލިބޭނެ: މުއްތޮލިބު

ސަރުކާރުގެ ބޯހިޔާވަކި ކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯތަށް ހުޅުވައިލި ފުރުަތުގައި ފޯމު ހުށަހެޅި ފަރާތްތަކުން، ގޯއްޗާއި ފްލެޓް ދޭނަމޭބުނެ، ހިންގާ ސްކޭތަކުގައި ނުޖެހުމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އެކަަމަށް އިލްތިމާސް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން އިމްރާން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ދެހާސް ތޭވީސްވަނަ އަހަރު ފްލެޓާއި ގޯއްޗަށް ހުޅުވައިލި ފުރުސަތުގައި، ފޯޖްކޮށްފައިވާ ޑޮކިއުމެންޓްތައް ބައެއް ފަރާތްތަކުން ހުށަހެޅިކަން ފާހަގަ ކުރައްވައި، މެންބަރު މިނިސްޓަރާ ސުވާލު ކުރެއްވީ، މިފަހަރު ކޮރަޕްޝަންގެ ތެރެއިން ފުރުސަތު ފަހި ނުވާނެ ގޮތަށް ކަންކަން ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވޭނެތޯ، އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ ސުވާލަށް ޖަވާބުދޭން ލިބިނު ފުރުސަތު ބޭނުން ކުރައްވާނީ، ރައްޔިތުންނަށް ވަރަށް މުހިއްމު މެސެޖެއްދެއްވަން ކަމަށެވެ.

އެ މެސެޖުގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ފައިސާ ދީގެން، މީހަކަށް ގުޅައިގެން ފްލެޓް ހޯދުމުގެ ފުރުސަތު ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިހާރުވެސް ސްކޭމްތައް ހިންގަމުން ދާ ވާހަކަ، ސަރުކާރުގެވެސް ބައެއް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެ މަގާމުގެ ނިވާ ފަތްގަނޑު ބޭނުންކޮށްގެން ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށްޓަކައި އެގޮތަށް މަސައްކަތްކުރާކަން، އަޅުގަނޑު ހަބަރަކުން ދެކުނިން ގާޒީންވެސް އޭގައި ޖެހިފަ އޮތް ވާހަކަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ތަކުރާރު ކުރައްވަމުން ވިދާޅުވީ، ފައިސާ ދީގެން ގޯއްޗެއް، ފްލެޓެއްވެސް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން އެފަދަ ސްކޭމްތަކުގައި ނުޖެހުމަށް މިނިސްޓަރު ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ގޮތް ގޮތަށް ވާހަތައް ދެކެވުނު ނަމަވެސް ފްލެޓާއިި ގޯތި ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީ، އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ފައިސާއިން އެކަންތައްތައް ވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެޕްލިކޭޝަން ޕްރޮސެސް އެއް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމެއްނެތް، އެހެންވީމަ ހަމަ އާދޭހާއެކު މި ދަންނަވަނީ އެެއްވެސް މީހަކު ފައިސާ ހުށަހެޅިއަކަސް، ފައިސާއަށް ގޯތި ދޭނަމޭ ނުވަތަ ފްލެޓް ދޭނަމޭ ހުށަހެޅިއަކަސް، އޭގަ ޖެހިވަޑަިނުގަންނަވާށޭ، ނުލިބޭނެއޭ، ވަރަށްގިނަ ފަރާތްތަކަށް އެލަނޑު ލބިފަހުރީ، އެތައްލައްކަ ރުފިޔާ ހަރަދުކޮށްފަ، އެއީ ފައިދާ ވެގެންވާނެ ކަމެއްވެސްނޫން، އެކަމަކުން ފައިދާ ވެފައެއްްވެސް ނޯންނާނެ،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދު މިހެން ވިދާޅުވިއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިފަހުން ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

ފުލުހުން ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ހިމެނެނީ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން އެވެ. އޭގެތެރޭގައި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުންތަކަކާއި އަދި އާންމުން ވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *