ގިނަ ގައުމުތަކަކަށް ސަފީރުން ލާއިރު، ލިބެނީ ކޯޗެއްތޯ ބަލަންޖެހޭ: ފިއްޓޭ

ގިނަ ގައުމުތަކަކަށް ސަފީރުން ލާއިރު، ލިބެނީ ކޯޗެއްތޯ ބަލަންޖެހޭ: ފިއްޓޭ

މި ސަރުކާރުން ގިނަ ގައުމުތަކަކަށް، ސަފީރުންނާއި، ނޮން ރެސިޑެންޓް ސަފީރުން ލަމުން ގެންދާއިރު، ބަދަލުގައި އެ ގައުމުތަކުން ދިވެހި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ ބަލަންޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ތިން ގައުމަކަށް ނޮން ރެސިޑެންޓު ސަފީރުން އައްޔަން ކުރެއްވުމަށް ފާސްކޮށް، ގައުމަކަށް ސަފީރަކު އައްޔަންކުރަން މަޖިލީހަށް ފޮނުވި ނަމެއް ދިރާސާކުރަން ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީޖުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، ދައުލަތުން ބޮޑު މުސާރައީ، މުޅި އާއިލާތައް ބަލަހައްޓާގޮތަށް، ގައުމުތަކަށް ސަފީރުން ފޮނުވާއިރު ބަދަލުގެ ގޮތުގައި ދައުލަތަށް ލިބެނީ ކޮން ފައިދާއެެއްތޯ، ބަލަންޖެހޭ ކަމަށެވެ.

"މިކަން ކުރާތާ ދެއަހަރާ ބައި މިވީ، ނުވެސް ދަންނަ ގައުމު ގައުމަށް ސަފީރުން ކަނޑައަޅާއިރު މީގެން ދިވެހި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ ރައްޔިތުން ސުވާލު ކުރޭ،"

ފިއްޓެ ވިދާޅުވީ، ގައުމުތަކުގެ ސަފީރުކަމަށް ސަރުކާރުން އައްޔަން ކުރަނީ ގާބިލް ބޭފުޅުން ކަަމަށެވެ.

ނަމަވެސް ބަޔަކަށް ބޮޑު މުސާރަ ހޯދައިދިނުމަކީ ވާޖިބެއްކަމަށް ދެކިގެން، ކުރިން ކެބިނެޓުގައި ތިއްބެވި ބޭފުޅުންނާ އެހެނިހެން ބޭފުޅުންނަށް ގައުމުތަކުގެ ސަފީރުކަން ދީގެންނުވާނެ ކަމަށް ފިއްތެ ވިދާޅުވިއެވެ.

ފިއްޓެ ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ސަފީރުން އައްޔަންކުރާ ފާސްކުރި މަޖިލީހަކަށް މިޙާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް ވާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުގެ ބޮޑު ހޭދައެއް އެމްބަސީތަކަށް ކުރަމުންދާއިރު، އޭގެ ބަދަލުގައި ގައުމަށާއި ރައްޔިތުންނަށް ލިބޭ ފައިސާއެއް، ނުވަަތަ މަންފާއެއް އެލިބެންޖެހޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *