ހއ. ހޯރަފުއްޓަށް 30ފޫޓުގެ ބޮޑު މަހެއް ލައްގައިފިއެވެ.
ހޯރަފުށީ ކައުންސިލުން ބުނީ އެ ރަށުގެ ހުޅަނގު ފަރުމައްޗަށް އެ މަސް ލައްގާގައި އޮތް ހަބަރު ރިޕޯޓްކުރީ މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު ކަމަށެވެ.
އަދި ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކު ގޮނޑުދޮށުން ނަގައި މިއަދު މެންދުރު ކަމަށެވެ.
އެ މަސް ވަޅުލީ ހޯރަފުށީގެ މީހުން ދިރިނޫޅޭ ސަރަހައްދެއްގައެވެ.
އެ މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.





