ޓެކްސް ކޮމިޝަނަރަކަށް، ބޭފުޅަކު އައްޔަންކުރަން، ހަލީމް އާއި އަމީޒާގެ ނަން މަޖިލީހަށް ފޮނުވައިފި

ޓެކްސް ކޮމިޝަނަރަކަށް، ބޭފުޅަކު އައްޔަންކުރަން، ހަލީމް އާއި އަމީޒާގެ ނަން މަޖިލީހަށް ފޮނުވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، "މީރާ" ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

މިކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފޮނުއްވި ސިޓީވަނީ މިއަދުގެ ޖަލްސާއަށް އިއްވައިފައެވެ.

އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ، މީގެ ކުރިން  ޓެކްސް ކޮމިޝަނަރަކަށް ހުންނެވި، މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޓެކްސްކޮމިޝަނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމަގާމަށް ކުރިމަތި ލެއްވުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނި ވަޑައިގަންނަވާ ދެބޭފުޅެއްގެ ނަމާއި އެބޭފުޅުންގެ މައުލޫމާތު މަޖިލީހަށް ފޮނުއްވާ ކަމަށެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ދެބޭފުޅުން:

މުހައްމަދު ހަލީމް އަބްދުﷲ، ސާދާގެ / ހއ. ތަކަންދޫފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ

އެހެންކަމުން އެ ދެބޭފުޅުންގެ ތެރެއިން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށްވެސް އެދިވަދައިގެންފައިވެއެވެ.

އެ ދެބޭފުޅުންގެ ތެރެއިން، ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސްގެ މަގާމުގައެވެ.

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.

ޓެކްސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *