ފައްޔާޒު ނޫނަސް، ޕްރައިމަރީ ކާމިޔާބުކުރާ މީހަކަށް ތާއީދު ކުރާނަން: ނަޝީދު

ފައްޔާޒު ނޫނަސް، ޕްރައިމަރީ ކާމިޔާބުކުރާ މީހަކަށް ތާއީދު ކުރާނަން: ނަޝީދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނޫން ބޭފުޅަކު، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް އެ ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި، ވާދަކުރައްވަން ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމަށް ރައީސް ނަޝީދު މީގެކުރިން ވަނީ ހާމަ ކުރައްވައިފައެވެ.

ނަމަވެސް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ، ފައްޔާޒު ނޫން ބޭފުޅަކު ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްފިނަމަ، އެ ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމަށެވެ.

ޗެއާޕާސަންގެ އިންތިހާބަށްފަހު ރައީސް ނަޝީދާއި ފައްޔާޒުގެ ގުޅުން ގޯސްކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ފައްޔާޒާ ދެމެދު އޮތް ގުޅުން ގޯސް ނޫން ކަމަށެވެ.

"ފައްޔާޒާ ގުޅުން ގޯހެއްނޫން ،ގޯސްވާންވީ ސަބަބެއް ނެތް، ހަފުތާއެއް ވަންދެން ރަށުން ބޭރުގައި އުޅެފައި އައިމަ ހަފުތާއެއްވެއްޖެ ބައްދަލު ނުވާތާ ނަމަވެސް އިއްޔެ ދިމާވި ފައްޔާޒާ،"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރިއާ ބެހޭގޮތުން، ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ކަމާބެހޭ ގުނަންތަކުން އެކަން ނިންމަމުން ގެންދާނެ ކަަމަށެވެ. ނަމަވެސް ޕްރައިމަރީ ބާއްވަން ވިސްނަވާ ދުވަސް ވަރަކާއި ޕްރައިމަރީ ބާއްވާނެ ދުވަހެއް ނަޝީދު ވިދާޅެއް ނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *