ތިން ރައީސުންގެ މަސައްކަތް ވަނީ މަޑުޖެހިފައި: ނަޝީދު

ތިން ރައީސުންގެ މަސައްކަތް ވަނީ މަޑުޖެހިފައި: ނަޝީދު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ސަރުކާރު ހަމަ މަގަށް އަޅުވަން ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވަން އުފެއްދެވި އިއްތިހާދުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. 

ނޫސްވެރިިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގަ އާއި ސަރުކާރުން ހިންހާ ގޯސް ކަންތައްތަކަށް ސަރުކާރު ޖަވބުދާރީ ކުރުވުމަށް، ގުޅިގެން މަސައްކަތް ކުރައްވަން މިދިޔަ މެއި މަހުގެ 15 ގައި ތިން ރައީސުން އެއެއްބަސްވެ ވަޑައިގެންނެވިއެވެ.

އެކަމާބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު އެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވެސް އެކުލަވައިލެއްވިއެވެ.

ނަމަވެސް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ރައީސް ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުން ކޮމިޓީގެ ދެ ބައްދަލުވުމަށްފަހު މަސައްކަތް މާބާރަށްް ކުރިއަށް ނުދިޔަ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށްވެސް ވިދަޅުވިއެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބައިވެފއިވީނަމަވެސް، ރައީސް ޔާމީން، ރައީސް ނަޝީދަށް އަމާޒުކޮށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވުމާ ގުޅިގެން ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތަށް ހިޔަނި އެޅިފައިވޭތޯ ނޫސްވެރިއަލު ސުވާލު ކުރުމުން، ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *