މާރާމާރީ ހިންގަން ރާވައި ތޫނު ހަތިޔާރު ގެންގުޅުނު 6 މީހުން ހައްޔަރުކޮށްފި

މާރާމާރީ ހިންގަން ރާވައި ތޫނު ހަތިޔާރު ގެންގުޅުނު 6 މީހުން ހައްޔަރުކޮށްފި

މާރަމާރީ ހިންގަން ރާވައި، ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ތިން މީހުން ކުރިމިނަލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. އަދި އަނެއް ތިން މީހުން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ފުލުހުން ބުނީ މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހު ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އެންމެންނަކީވެސް ދިވެހިންނެވެ. އެމީހުންގެ ކޯޓު އަމުުރުތަކުގައިވާ ގޮތުން މިއީ ގިނަ ބަޔަކު ބައިވެރިވެގެން ކުރަން ރާވާފައިވާ މާރާމާރީއެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި އެ މީހުން ތިބިތަނުން ދެ ވަޅި ފެނިފައިވާ ކަމަށް ވެސް ވަނީ އަމުރުގައި ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *