ގައްދޫގައި ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާތީ ކައުންސިލްއިން އިންޒާރު ދީފި

ގައްދޫގައި ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާތީ ކައުންސިލްއިން އިންޒާރު ދީފި

ގދ. ގައްދޫގައި ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާތީ އެ އަތޮޅުގެ ކައުންސިލްއިން އިންޒާރު ދީފިއެވެ.

ގައްދޫ ކައުންސިލްއިން ކުރި އިއުލާނެއްގައި ބުނީ އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ގަވާއިދާއި ހިލާފަށް ގައްދޫގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާކަން ފާހަނގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއްވެސް ބާވަތެއް ޕެކެޓް ކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ޕެކެޓް ކުރުމަށް ހިނގާ ހަރަދު، އިކޮނޮމިކް މިނިސްޓްރީއަށް ލިޔުމަކުން ހުށައަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން ކަމަށެވެ.

އެހެންވެ އެ ގަވައިދާ ހިލާފަށް މުދާ ވިއްކާ ވިޔަފާރިވެރިންގެ މައުލޫމާތު އިިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓްކުރާނެ ކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.

ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ގަވައިދާ ހިލާފަށް ވިއްކާ ވިޔަފާރިތައް ފުރަތަމަ ފަހަރު 100،000ރުފިޔާއިން ޖޫރިމަނާކުރެވޭ އިރު ކުށް ތަކުރާރު ކޮށްފިނަމަ ހަ މަސް ދުވަހަށް ފިހާރަ ބަންދު ކުރުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *