ހުޅުމާލެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، ބައެއް މީހުންނަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 2 ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރުއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުންނާއި، ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ދަންވަރު 01:23 ހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ ފަސް މީހަކަށް އެކި ވަރުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ތިން ބޮޑެތި މީހުން ހިމެނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރުވެސް ދެ މީހަކަށް ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެކެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ވަނީ ފަށާފައެވެ. މިގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ އެ އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *