މެންޓަލް ހެލްތު ހޮސްޕިޓަލަކަށް ހުޅުމާލޭން 10،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައި: ގީލާ

މެންޓަލް ހެލްތު ހޮސްޕިޓަލަކަށް ހުޅުމާލޭން 10،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައި: ގީލާ

މެންޓަލް ހެލްތު ހޮސްޕިޓަލެއް ހަދަން ހުޅުމާލޭން 10،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންތަލް ހޮސްޕިޓަލް އެޅުމާ ބެހޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެފަދަ ހޮސްޕިޓަލެއް ވަކިން ހުންނަން ޖެހޭ ސަބަބާއި މާލޭން ބޭރުގައި ހުރުމުގެ ފައިދާ އާއި ގެއްލުމުގެ ދިރާސާ އެއް ކުރެވިފައިވާ ނަމަ، އެކަމާބެހޭ މައުލޫމާތު ހާމަ ކުރެއްވުމަށް ސުވާލު ކުރެއްވުމުން، މިނިސްޓަރު ވަނީ އެކަމުގެ ތަފްސީލުތައް ދެއްވައިފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، އެފަދަ ހޮސްޕިޓަލެއް ވަކިން ހުންނަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި އެތަނަކީ ހާއްސަ ފަރުވާތަކެއް ދޭ ތަނަކަށްވުމާއި އެފަދަ ފަރުވާ ދޭ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވުން ހިމެނެއެވެ.

މިފަދަ ހޮސްޕިޓަލެއް ގްރޭޓާ މާލޭ ސަރަހައްދުގައި ހަދަން ޖެހެނީ، ގިނަ ރިސޯސްތައް ހުރީ މާލޭ ސަރަހައްދުގައި ކަމަށްވުމާއި މިފަދަ ބަލި މީހުންގެ ތަފާތު ޓެސްޓުތައް ހެދުމާއި ދޭންޖެހޭ އެހެނިހެން ފަރުވާތައް ވެސް މާލެ އާއި ގްރޭޓާ މާލޭ ސަރަހައްދުގައި ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މެންޓަލް ހެލްތު ބަލި މީހުންނަކީ އެކި މަރުހަލާތަކުގައި ފަރުވާތަކެއް ލިބިދޭންޖެހޭ ބައެއް ކަމަށެވެ.

"އެހެންކަމުން އެފަދަ އިންތިޒާމެއް ހަމަޖައްސާއިރުގައި އެ މީހަކު އެތަނުގައި ދިގު މުއްދަތެއް ހޭދަކުރާ އިރު އަނބުރާ އާއިލާއަށް ނުވަތަ މުޖުތަމައަށް އަނބުރާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ، ދުނިޔޭގެ އެެހެން ތަންތަނުގައިވެސް ސްޕެޝަލައިޒްޑް ހޮސްޕިޓަލް ނިޒާމެއްގެ ތެެރެއިން އެ ފަރުވާދެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާއްމު ސިއްހީ ނިޒާމެއްގެ ތެރެއިން އެ ފަރުވާ ދެމުން އައި ނަމަވެސް ކުރިމަގުގައި ސަރުކާރުން ނިންމާފައިވަނީ ހާއްސަ ފަރުވާ ދޭ އިންތިޒާމެއްގެ ތެރެއިން އެފަދަ ބަލި މީހުންނަށް ފަރުވާ ދޭން ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *