ގދ. ތިނަދޫ ވެމްކޯ އޮފީހުގެ އިސް ދެވެރިޔަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ވަޒީފާއިން ވަކިކޮށްފި

ގދ. ތިނަދޫ ވެމްކޯ އޮފީހުގެ އިސް ދެވެރިޔަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ވަޒީފާއިން ވަކިކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ގދ. ތިނަދޫ އޮފީހުގައި މަސައްކަތް ކުރަމުންދާ އިސް ވެރިން ތަކަކަށް ސީރިއަސް ތުހުމަތު ތަކެއް ކުރިމަތިވެ، ދެ މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ނަން ނުޖެހުމަށް އެދި ގދ. ތިނަދޫ ވެމްކޯ އޮފީހުގެ މުވައްޒަފަކު "މާލެ ޓައިމްސް" އަށް މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނީ، ތިނަދޫ ވެމްކޯ އޮފީހުގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުޙައްމަދު ޖާވިދު އާއި އެޗްއާރުގެ ކަންކަން ބަލަހައްޓަވާ އެސިސްޓެންޓް މެނޭޖަރު އިކުލީލް އާދަމްއެވެ. މި ދެމީހުންގެ މައްޗަށްވެސް ކޮށްފައިވަނީ އެ އޮފީހުގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ސީރިއަސް ތުހުމަތު ތަކެކެވެ.

ތިނަދޫ ވެމްކޯ އޮފީހުގެ މުވައްޒަފަކު މަޢުލޫމާތު ދިން ގޮތުގައި، މި ދެމީހުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރައިގެ އަމަލުތައް ކުރިމަތިވަމުން އަންނަތާ މިހާރު ގިނަ ދުވަސް ވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މީގެ ކުރިންވެސް ޖާވިދު، އަންހެން މުވައްޒަފެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލި މައްސަލައެއް ފެންމަތިވެ، އެކަމުގެ ތުހުމަތު ކޮށްފައިވާ ކަމަށްވެއެވެ. ނަމަވެސް އެފަހަރު އެ މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ނިންމާފައެވެ.

މިކަމާބެހޭ ގޮތުން ވެމްކޯ އޮފީހުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އަދި މި މައްސަލަތަކުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *