ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ ރިޕޯޓް ނުކުރި މީހާ 6 މަހަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ ރިޕޯޓް ނުކުރި މީހާ 6 މަހަށް ޖަލަށް

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރި މީހަކު 6 މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައިވަނީ އާއިޝަތު ޝާއިރާގެ މައްޗަށެެވެ. މި މައްސަލައިގައި ކުރިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އާއިޝަތު ޝާއިރާ، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށްވެސް ޝާއިރާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެހެން ކަމުން އެ މައްސަލައިގައި ބުރާސްފަތި ދުވަހު، ޝާއިރާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ، 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އޭގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް މި ހުކުމްގައި ޝާއިރާއަށް ވަނީ އަންގައިފައެވެ.

ނަމަވެސް މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން ހާމަކޮށްފައި ނުވާތީ މިހާތަނަށް މިއީ ކޮން މައްސަލައެއްކަން ސާފެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *