ފަލާހުގެ ބަދަލުގައި ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޝަރީފް

ފަލާހުގެ ބަދަލުގައި ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް އިންތިހާބު ކޮށްފިއެވެ.

އެ ކޮމިޓީގެ މުގައްރިރަކަށް އޭނާ އިންތިހާބު ކުރީ، މީގެ ކުރިން އެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި އެ ކޮމިޓީއަށް މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކް ހަމަޖައްސުމާ ގުޅިގެން އެ މަގާމު ހުސް ވުމުންނެވެ.

ކޮމިޓީއަށް މުގައްރިރަކު އިންތިހާބު ކުރުމަށް މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި، މުގައްރިރަކަށް މެންބަރު ޝަރީފްގެ ނަން ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

މުގައްރިރުކަމަށް ޝަރީފް އިންތިހާބު ކުރީ 11 މެންބަރު ހިމެނޭ މި ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުލި 10 މެންބަރުންގެ އިއްތިފާގުންނެވެ. މުގައްރިރުކަމަށް އިންތިހާބު ކުރުމުން ޝަރީފް ވިދާޅުވީ، ގެދޮރުވެރިކަމާބެހޭ ގާނޫނާއެކު މުހިއްމު ދެ މަަސައްކަތެއް މިހާރުވެސް ކޮމިޓީގައި އެބައޮތް ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *