ސޯބެ، މަޖިލިސް މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ސޯބެ، މަޖިލިސް މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ސޯބެ އަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ސޯބެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް އިންތިހާބު ކުރީ، މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި- އިލެކްޝަނެއްގައެވެ. އެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި މީގެ ކުރިން ހުންނެވި ޕީއެންސީގެ އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެ، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

އެ ބައި-އިލެކްޝަންގައި ސޯބެ ކުރި ހޯއްދެވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެއަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސޮޑާއަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *