ވަޒީފާ އަދާކުރާާ ކުރީގެ ސިފައިންނާއި ފުލުހުންގެ އިނާޔަތް ކަނޑާލާތީ މައްސަލަ މަޖިލީހަށް

ވަޒީފާ އަދާކުރާާ ކުރީގެ ސިފައިންނާއި ފުލުހުންގެ އިނާޔަތް ކަނޑާލާތީ މައްސަލަ މަޖިލީހަށް

ހިދުމަތުން ރިޓަޔާ ކުރާ ސިފައިންނާއި ފުލުހުން، ސަރުކާރުގެ ވަޒީފާއެއް އަދާކުރަމުންދާ އިރު، ރިޓަޔާމަންޓް އިނާޔަތް ނުދޭން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރަގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ދައުލަތުގެ އެހެން ވަޒީފާއަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް ދިއުމުން، ދިވެހި ފުލުހުންނާއި ސިފައިންގެ ހިދުމަތުން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ދޭ ރިޓަޔާމަންޓް އިނާޔަތް މެދުކަނޑާލުމުގެ ސަބަބުން އެފަރާތްތަކަށް މާލީ އަދި އިޖުތިމާއީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަަމަށެވެ.

އެހެންކަމުން އެ ގެއްލުންތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށްޓަކައި މައްސަލަ ހުށަހީ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ވަޒީފާ އިން ރިޓަޔާވުމަށް ފަހު، އެހެން މަގާމުތައް އަދާކުރާ ސިފައިންނަށް އެލަވަންސް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަމަންޓް ގަވައިދު" އަށް ޑިފެންސް މިނިސްޓްރީން ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 21 ގައެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާ އިން ވަކިވެފައިވާ މީހަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތް ނޫނީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ، އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް އިނާޔަތެއް ނުލިބޭނެ ކަމަށެވެ. އެ އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއިން ވަކިކުރި/ވަކިވި މަސް ނިންމުމަށްފަހު، ދެން ފެށޭ މަހުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.

ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އެ އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ޑިސެމްބަރު މަހުގެ 25 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *