ޑްރަގް އޮޕަރޭޝަންތަކަށް ހާއްސަކޮށް ބޭނުން ކުރަން ދިވެހި ފުލުހުން ގެންގުޅޭ ފާރަ ކުއްތާ ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދިވެހި ފުލުހުންނަށް ދީފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ތަމްރިންތައް ދިނީ އެމެރިޔާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުން ކަމަށެވެ.
މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިން ތަކުގައި އިންޑޯ އަދި އައުޓްޑޯ އޮޕަރޭޝަން ތަކުގައި ކުއްތާ މަސައްކަތްކުރާ ގޮތުގެ ތަމްރީނުދީފައިވެއެވެ. އަދި ކުއްތާ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫ.އެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ އިތުރުން، ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް މި ޕްރޮގްރާމްގައި ކުރިއަަށް ގެންގޮސްފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރަން ފެށީ 2015 އަހަރުން ފެށިގެންނެވެ.
އޭގެ ފަހުން، ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން، 2022 ވަނަ އަހަރު ވަނީ އިތުރު 10 ކުއްތާ ރާއްޖެ ގެނެސްފަ އެވެ.





