ރާއްޖެއަކީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމުގެ އެންެމބޮޑު ބާރެއް އެހީތެރކަމެއް ކޮރަޕްޝަނުން ސަލާމަތްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ ސީއެސްސީ މުވައްޒިފުންނަށް (ސިވިލްސާވަންޓުންނަށް) ކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ، "މޯލްޑިވްސް ސިވިލް ސާވިސް ކޮންފްރެންސް 2026″ ފައްޓަވައި ދެއްވުމުގެ ގޮތުން އެ ކަމާބެހޭ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ޑިމޮކްރެޓިކް ވެއްޓެއްގައި ކުރިއަރަންބޭނުންވާ ގައުމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް 2040 ވަނަ އަހަރު އަންނަންވާއިރަށް، ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަން ކުރަން ރައްޔިތުން ބޭނުންނަމަ މުޅި ގައުމުން ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށެވެ.
"ޑިމޮކްރަސީގެ ވަރަށްބޮޑު ސިފައެއް، އަސާސެއް އެއީ، އަދި އިސްލާމްދީން ވަރަަށް ބޮޑަށް ގޮވާލައި ބާރުއަޅާފައިވާކަމެއް އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަކުންނޫނީ ފައިނޭޝަލް ކޮރަޕްޝަނެއް ނުހިންގާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް އެންމެބޮޑު ބާރަކާއި، އެހީތެރިކަމެއް ދެވޭނީ ސިވިލްސާވިސް މުވައްޒިިފުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
"ހަލުވި މަސައްތަކަކާއެކު ޕްރޮފެޝަނަލިޒަމާއެކުގައި އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ހިދުމަތެއްދޭން ބޭނުންވާ، ރައްޔިުތުންގެ ފައިސާއިން އެ ރައްޔިތުންް ހިތްހަމަޖެހޭފަދަ ހިދުމަތެއްދޭ އޮފީސްތަކަަކަށް އެ އޮފީސްތައް ބަދަލުވާން،"
އެހެންކަމުން ރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސިވިލްސާވިސްގެ ދާއިރާތަކުގެ ހުރިހާ ސިވިލްސާވަންޓުންނާއި، ޕާމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު ވެރިންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މުވައްޒިފުން ކިތަންމެ ގިނަ ވިޔަސް، ރައްޔިތުންގެ މައިސާއިން ކިތަންމެ ބޮޑު ހޭދައެއް ސިވިލްސާވަންޓުންނަށް ކުރި ނަމަވެސް އަދި ކިތަންމެ ރީތި އޮފީހެއްގައި ތިބި ނަމަވެސް ރައްޔިތުންގެ ހިތްހަމަޖެހުން ނުލިބޭނަމަ އެންމެން އެކަމާމެދު ވިސްނަންޖެހޭކަމަށެވެ.





