ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރު އައްޔަން ކުރައްވައިފި

ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރު އައްޔަން ކުރައްވައިފި

މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، ހަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަން ކުރައްވައިފިއެވެ.

ޒަރީއަށް ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މުހައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި ހަސަން ޒަރީރު ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ހަސަން ޒަރީރުވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓާއޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް ޒަރީރު ޢައްޔަންކުރައްވާފައިވަނީ، އެމަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *