ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަަވަޅު އަޅަން ރައީސް އެދިވަޑައިގެންފި

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަަވަޅު އަޅަން ރައީސް އެދިވަޑައިގެންފި

ކަނޑުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރަމުންދާއިރު ދުނިޔޭގެ ކުރިމަގަށްޓަކައި ރައްކާތެރި ދުޅަހެޔޮ ކަނޑުތަކެއް ބޭނުންވާ ކަމަށެވެ. އަދި ދިވެހީންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ވިދާޅުވެފައިވަނީ، ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި ތިމާވެއްޓަށް ކުރާކަމަށެވެ.

ދިވެހީންގެ ސީދާ ދިރިއުޅުމާއި ގުޅިފައިވާ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިންދަނީ ދެމެހެއްޓެނިވި މަސްވެރިކަމާއި، ވަރުގަދަ ކަނޑުގެ ދިރާސާތަކާއި، ފަރުތަކުގެ ހާލަތު ބެލެހެއްޓުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށާއި، މުރަކަ އާލާކުރުމާއި، ދިރާސާގެ މައްޗަށް ބަރޯސާވާ ފިޔަވަޅުތަކެއް މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ދިދާޅުވިއެވެ.

ކަނޑުތައް ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަގުވަމީ މުޖުތަމައުން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *