ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް، ވޯލްޑް ކަޕް 2026 ގެ ފޭވަރިޓަކީ ޕޯޗުގަލް ކަމަށް ބުނެ، ދިފާއު ކުރަމުންދާ ޗެމްޕިއަން އާޖެންޓީނާ ކިބައިން ތަށި ދިފާއު ކުރެވޭނެ ކަމަށް ގަބޫލު ނުކުުރާ ކަމަށް ބުނެފިއެވެ.
ނޫސްވެރިއަކު ކުރި ސުުވާލަކަށް ޖަވާބު ދެމުން ރާމޯސް ބުނީ، އާޖެންޓީނާގައި ހުނަރުވެރި ކުުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުުރުމަށް ބޭނުންވާ ވަކި ހާއްސަ ސިފަތަކެއް ޓީމުގައި ހުންނަންޖެހޭ ކަމަށެވެ.
ރާމޯސްގެ ލިސްޓުުގެ އެންމެ ކުުރީގައި ބޭއްވީ ޕޯޗުގަލްއެވެ. ޓީމުގެ ތަޖުރިބާއާއި ސްކޮޑުގެ ވަރުގަދަކަން ފާހަގަ ކުުރައްވަމުުން، ނަތީޖާ ބަދަލުުކޮށްލުމުުގެ ގާބިލްކަން ހުރި ކުުޅުުންތެރިން ޕޯޗުުގަލް ޓީމުގައި ތިބި ކަމަށް ބުުންޏެވެ.
ހާއްސަ ގޮތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ ފާހަގަ ކުުރަމުުން ރާމޯސް ބުުނީ، ރޮނާލްޑޯ ދެ ފައިން ހިނގާ ހައިރާންގެ ބޮންދެ ސައިލެންސް ވެދިއުން ހަމައެކަނި ތަފާތަކީ، ދިގުުލި ކެރިއަރު ތެރޭ ވެސް ތަކުރާރުުކޮށް ސުުވާލު ކުުރި ހުރިހާ ކަމަކަށް ޖަވާބު ދެ ދެ ތިބި ކަމެވެ.
ބައިނަލްއަގްވާމީ ކެރިއަރުުގެ ނިންމުން ދަނޑުުމަތީ ތަށި ހިފައިގެން ފުުރިހަމަ ކުުރާ ކުުޅުުންތެރިއެއްގެ ގޮތުުގައި ރޮނާލްޑޯ ފެނުުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް ރާމޯސް ވިދާޅުވިއެވެ.





