އާންމު މެމްބަރުންނަށް ފައްޔާޒް: ނަޝީދު ޕާޓީ ދޫކޮށްލި ސަބަބު ހޯދަން މާ ގިނައިން ސުވާލު ނުކުރޭ، ގޯސްވެދާނެ

އާންމު މެމްބަރުންނަށް ފައްޔާޒް: ނަޝީދު ޕާޓީ ދޫކޮށްލި ސަބަބު ހޯދަން މާ ގިނައިން ސުވާލު ނުކުރޭ، ގޯސްވެދާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކޮށްލި ސަބަބާ ގުޅޭ ގޮތުން މާ ގިނައިން ސުވާލު ނުކުރުމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު ރަށްތަކަށް ދަތުރު ކުރައްވަމުންދާ މި ދަނޑިވަޅުގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ތެ ސުވާލުތައް ތަކުރާރު ކުރަމުން ދާ ނަމަ، ޕާޓީގެ އެހެން އިސް ބޭފުޅުންނަށްވެސް ޖަވާބުދާރީވާން މަޖުބޫރު ވެދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޕާޓީ ތެރޭގައި އިތުރު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޕާޓީ ދޫކޮށްލި ސަބަބާބެހޭ ގޮތުން ނަޝީދު މިހާރު އެތައް ފަހަރަކު ޖަވާބު ދެއްވާފައިވާ ކަމަށެވެ.

"ޕާޓީ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ ކުރާ ސުވާލަށް މިހާރު އެތައް ފަހަރަކު ޖަވާބު ދެވިއްޖެ. މިވަގުތު އެންމެ މުހިންމީ ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދިޔުން." ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް، އާ ސިޔާސީ ޕާޓީ ”ދަ ޑިމޮކްރެޓްސް“ އުފައްދަވައި، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ފެއްޓެވީ،  އެމަނިކުފާނުގެ ކުރީގެ އެންމެ އަރިސް މިތުރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން، އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިގެން ދިޔުމުންނެވެ. ސޯލިހާއި ނަޝީދުވެސް ބޭނުންފުޅުވެ ލެއްވީ ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.

ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވިއިރު، އޭރު ޗެއާޕާސަން ކަމުގައި ހުންނެވި ފައްޔާޒާވެސް ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވެއެވެ. ދެބޭފުޅުންވެސް ބަހުގެ ހަމަލާތައް ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *