ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަން: ހޮވަންވީ ވަރުގަދަ ލީޑަރެއް، ނަތީޖާ ނެރެދީފައިވާ ކެންޑިޑޭޓެއް، އެއީ ސޯބެ: ޝާހިދު

ހިތަދޫ އުތުރުދާއިރާގެ ބައި-އިލެކްޝަން: ހޮވަންވީ ވަރުގަދަ ލީޑަރެއް، ނަތީޖާ ނެރެދީފައިވާ ކެންޑިޑޭޓެއް، އެއީ ސޯބެ: ޝާހިދު

މިމަހުގެ 6 ވަނަ ދުވަހު އޮންނަ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން، މަޖިލީހަށް ހޮވަންވީ އައްޑޫ ދަންނަ، އަދި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެ ބޭފުޅަކީ އެމްޑީީޕީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ސޯބެއަށް ވޯޓު ދިނުމަށް އެދިވަޑައިގެން ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީއަށް ހަގީގީ ކުރިއެރުން ހޯދައިދިނުމަށް ބޭނުން ވަނީ ސާބިތުކަން ދައްކާފައިވާ އިޚްލާސްތެރި ވަރުގަދަ ލީޑަރެއް ކަމަށެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާއަށް އެންމެ ރަނގަޅު ބޭފުޅަކީ ސޯބެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދާއިރާގެ މުސްތަގުބަލަށްޓަކައި، ސޯބެގެ ތަޖުރިބާ އާއި، ތަަޞައްވުރާއި، އިޚްލާޞްތެރިކަމަށް އިތުބާރު ކުރައްވައި، ޖޫން 6 ގައި ކެންޑިޑޭޓު ނަމްބަރު 2 އަށް ވޯޓު ދެއްވަވާ" ޝާހިދު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ސޯބެއާ ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސައީދެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ވޯޓުލުން ކުރިއަށްދާނީ އެ ދުވަހު ހެނދުނު 8 ން ހަވީރު 4 ޖަހަންދެކަށެވެ. މި ބައި އިލެކްޝަނުގައި ޖުމްލަ 7 ފޮށި ވޯޓުލާން ބަހައްޓާނެއެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *