މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް އިސްލާމީ ބޭންކިންގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.
ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައިކޯ) އިން ދޭ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026″ ގެ ނަންފުޅު ހިނިތުންވުމާ ދިވެހި ފަސްގަނޑަށް ގެނެސްދިނީ ރާއްޖޭގެ ހަމައެކަނި ފުރިހަމަ އިސްލާމިކް ބޭންކުންނެވެ.
މި ޝަރަފު ދިނުމުގައި ސީއެފްއައިކޯ އިން ފާހަގަ ކޮށްފައިވަނީ ޖަޒީރާ ރާއްޖެ ފަދަ ގޮންޖެހުން ބޮޑު ފަޅުތެރޭ ގައުމެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވަގުތުން އެކައުންޓް ހުޅުވައިދިނުމާއި، ހުރިހާ ހިދުމަތަކަށް ފަސޭހައިން ތިލަވެވޭ ގޮތް ހަދައިދީ، ދުރު ރަށްރަށަށް ވެސް ހިދުމަތް ފޯރުކޮށްދިނުމުގައި ދެއްކި ނަމޫނާ ކާމިޔާބީ ތަކެވެ.
ހަމައެހެންމެ، ދިވެހި ސަރުކާރާއި، އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) ހިމެނޭ ގޮތަށް، ބޭންކުގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމާއި، ޝަރީޢާ ބޯޑު ފެންވަރުގެ ވަރުގަދަ ހިންގުމުގެ ނިޒާމެއް ބިނާ ކޮށްފައިވާ ކަން ވެސް ވަކިން ފާހަގަ ކޮށްފައިވެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް، ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައިކޯ) ގެ "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން 2026″ އެވޯޑު ލިބިއްޖެ އެވެ. މިއީ އިސްލާމީ ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ދެވޭ ޝަރަފުވެރި އެވޯޑެކެވެ.





