ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައި، އަނބުރާ ކަރެކްޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ގައިދީއެއް ފިލާފައިވަނީ، ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާނެވެ. ކަރެކްޝަނުން ބުނީ އޭނާ ފިލާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް އަވަސްފަރުވާއަށް ދެއްކުމަށް ގެންގޮސް ހުއްޓައެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އިއްޔެ ރެ އެވެ. އޭނާ ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައެވެ. މީގެ ކުރިން ޝަހްބާން ހައްޔަރުކޮށްފައިވަނީ، މީހުން ނޫޅޭ ގެއެއްކަމަށްވާ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކުރިކަމުގެ ތުހުމަތުގައެވެ.

މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *